މަސްވެރިންނަށް އައު ލޯނުތަކެއް ތައާރަފު ކުރެވިގެން ދާނެ ކަމަސް ނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސްގެ މިނިސްޓާރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގއ. އަތޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި ދަތުރުގައި ގއ. ނިލަންދޫއަށް ގޮހެވެ.
މިނިސްޓަރު ނިލަންދޫގެ މަސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ހުއިފިލަނޑާގެ މަސްވެރިންނާއި ފަރުމަސަވެރިންނަށް ޚާއްސަ ލޯނު ތައާރަފްކުރެވިގެން ދާނެކަމަށް ވަނީ ވިދާޅު ވެފައެެވެ. އަދި މަސްވެރި އާއިލާތަކާއި ގާތުން މަސައްކަތްކޮށް، މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. .އަތޮޅުގެ އެހެން ރަށްރަށެކޭ އެއްފަދައިން މަސްވެރިންނަށް އަވަހަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކޫއްޑޫގެ ކެޕޭސިޓީ ބޮޑުކުރުން އަދި މަސްވެރިންނަށް ޑައިވް ކޯސްތައް ހިންގުމުގެ މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ބިލަށް ފައިސާ ނުލިބުމަކީ މަސްވެރިންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަ ކުރައްވައިފައި ވެއެވެ. މިގޮތުން މިނިސްޓަރުވަނީ މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލި އަޅުއްވާލައިފައެވެ.