ފަލަސްތީނުގެ ޣައްޒާގައި ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 200 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްްޓްރީއިން މައުލޫމާތު ދޭ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާގައި 201ް މީހުންވަނީ ޒަޔަނިސްޓުންގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި 368 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީއިން ރިޕޯޓުކުރެއެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،200 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.