ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތ. ވިލުފުށި / ފީރޯޒްގެ، ޙަސަން ނިޒާރު (53އ) ހޯދުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗައް އަމުރު ކޮޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް 26 ޑިސެންބަރު ގެ 10:00 އަކަށް ހަސަން ނިޒާރު ހޯދާ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކޮށްފައެވެ.

ޙަސަން ނިޒާރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.