އިޒްރޭލުގެ އަނިޔަވެރި ޒަޔަނިސްޓުން ހަމާސްގެ އިސްމަގާމެއްގައި ހުންނެވި އޮފިޝަލަކު ޝަހީދު ކޮށްލައިފިއެވެ.

ހަސަން އަތްރާޝް ޝަހީދު ޝަހީދު ކޮށްލީ އޭނާ ކާރެއްގައި ދަތުރު ކުރަމުން ދިޔަ ވަގުތެއްގައިި އިޒްރޭލުގެ ޖެޓަކުން ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާއަކީ ހަސަން މަރާލުމުގެ ގަސްތުގައި އިޒްރޭލީ ޑިފެންސް ފޯސް (އައިޑީއެފް) އާއި އިޒްރޭލުގެ ޖެެނެރަލް ސެކިއުރެޓީ ސާރވިސްއިން ހިންގި ޖޮިއިންޓް އޮޕަރޭޝަނެކެވެ.

ހަސަން އަކީ ހަމާސްގެ ޓްރޭޑް ތަކާއި ހަވާލުވެގެން ހުންނެވި ބެފުޅާއެވެ. މީގެ އިތުރުން ހަމާސްގެ ހަނގުރާމައިގެ ހަތިޔާރުތަކާ ހަވާލުވެ ހުންނެވީ ވެސް ހަސަނެވެ.