މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށްް މިމަހުގައި މައްކާއަށް ޢުމްރާގެ އަޅުކަން އަދާކުރަން ފުރުއްވާ ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީގެ ވަޒީރު މުޙައްމަދު ޝަހީމް ބައްދަލުކުރައްވައިފިއެވެ.
ރޭ ބޭއްވި މި ބައްދަލުވުމުގައި ޑރ ޝަހީމް ވަނީ އުމްރާވެރިންނާ މުހާތަބުކޮށް ގިނަ ވާހަކަ ތަކެއް ދައްކާފައެވެ. މިގޮތުން އުމްރާގެ މަތިވެރި އަޅުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ވެއެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމެށް ކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެއިތުރުން ޒަމާނަށް ފެތޭ އިތުބާރު ހުރި ޚިދުމަތެއް މި ދާއިރާއިން ފޯރުކޮށްދެއްވުމަކީ ރައީސްގެ ތަސައްވުރެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލާއި ޓީމުގެ ފަރާތުން ކުރައްވަމުންގެންދަވާ އުންމީދީ މަސައްކަތްޕުޅަށް މިނިސްޓަރު ތައުފީރުކުރައްވާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.