ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް މޭޖާ ޖެނަރަލް ރިޓަޔާޑް ވައިސް ވަހީދު ހަމަޖައްސައިފިއެވެ.

34 އަހަރު މަސައްކަތް ކުރެއްވުމަށްފަހު މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ވައިސް ވަހީދު ސިފައިންގެ ހިދުމަތުން ވަނީ ރިޓާޔާ ކުރައްވާފައިއެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޓެރަރިޒަމްގެ މައްސަލަތައް ބަލައި އެކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް 2012 ވަނަ އަހަރު އުފެދުނު އެންސީޓީސީގެ ވެރިޔަކަށް އެންމެ ފަހުން ހުންނެވީ ޑިސެމްބަރު 9، 2021 ގައި ސިފައިންގެ ހިދުމަތުން 37 އަހަރަށްފަހު ރިޓަޔާ ކުރެއްވި ޒަކަރިއްޔާ މަންސޫރު އެވެ.