އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރޭ ރައީސް މުއިއްޒުއަށް އަރުވައިފިއެވެ.

އެމަނިކުފާނުއަށް މި ލަޤަބު އެރުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023″ ހަފުލާގައެވެ.

މި ހަނދާނީ ފިލާ ރައީސްއާއި ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ.

މާގިރި ހޮޓެލްގައި ރޭ ބޭއްވުނު ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވީ އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން، ޢަބްދުﷲ މުހައްމަދާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ.