ފަަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރި ވަމުންދިޔަ 142 މުވައްޒަފުން މަރުވެއްޖެ ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ރިޕޯޓު ކޮށްފިއެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން މިހެން ބުނެފައި ވަނީ އެމީހުންގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓުުގައި އެމީހުން ބުނެފައިވަނީ ޣައްޒާގައި އދގެ 142 މުވައްޒަފުން މަރުވުމުންނާއި އަދި 20،000 އަށް ވުރެގިން މީހުން ޝަހިދުވެގެން ދިޔުމަކީ އެމީހުން އެކަމާއި ވަރަށް ބޮޑަށް ހިތާަމަ ކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެމީހުން ބުނެފައިވަނީ ވެސްޓް ބޭންކްގައި އެކަނި 293 މީހުން ޝަހީދު ވެފައިވާ ކަމަށެވެ. އަދި މީގެ ތެރެގައި 73 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެމީހުން މައުލޫމާތު ދެއެވެ.