މިވަގުތު ހަނގުރާމައިގެ މައިދާނަކަށް ވެފައިވާ ޣައްޒާގައި 50،000 އަށް ވުރެގިނަ މާބަނޑު އަންހެނުން ޣައްޒާގައި ދިރިއުޅެމުންދާ ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އޭޖެންސީ ފޯ ފަލަސްތީނިއަން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނެފިއެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން މިހެން ބުނެފައިވަނީ އެމީހުންގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައިވާ ގޮތުން ޣައްޒާގައި މިވަގުތު 50،000 އަށްވުރެ ގިނަ މާބަނޑު އަންހެނުން ޣައްޒާގައި އެބަ ތިއްބެވެ. އަދި ކޮންމެ ދުވަހަކު 180 އަންހެނުން ޣައްޒާގައި ވިހަމުންދާ ކަމަށް ވެސް ޔޫއެންއާރްޑަބްލިއުއޭ އިން މައުލޫމާތު ދެއެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،200 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.