ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑު ތަޢާރުފުކުރުމަށް ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށެވެ.

މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންކަމަށާއި އެ މެންބަރުންނެވެ. އަދި މި ބޯޑުގައި ތިއްބަވާ ބޭފުޅުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރުކަމުގައި ކަނޑައަޅުއްވާފައިވެއެވެ. މީގެއިތުރުން ކޮންމެ ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ނިންމަވާފައިވެއެވެ. އެއީ ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމުގެ ފުރުސަތު މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ. ނަމަވެސް މަތީ ޡާނަވީ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ މެންބަރުންކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.