ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން 9000 އަށް ވުރެގިން މީޙުން ޣައްޒާގައި ޝަހީދުވެއްޖެ ކަމަށް ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު އިސްމާއީލް އަލް ސަވަބްތާ ވިދާޅުވެއްޖެއެވެ.

އިސްމާއީލް މިހެން ވިދާޅުވީ އަލްޖަޒީރާ ޓީވީ ޗެނަލަށް ދިން އިންޓަވިއުު އެއްގައެވެ. މި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއީލް ވިދާޅުވީ މިހާރު ޣައްޒާގެ ހެލްތު ކެއާރ ސިސްޓަމް ވަނީ އެއްކޮށް ހަލާކުވެފައި ކަމަށެވެ. އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގެ ސަބަބުން 23 ހޮސްޕިތަލު ޣައްޒާގައި ހިދުމަތް ދިނުން ހުއްޓިފައިވާ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،200 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.