ޣައްޒާއަށް ދުވާލަކު 1000 ޓްރަކުގެ އެހީ ބޭނުންވޭ ކަމަށް ފަލަސްތީނުގެ ސަރުކާރުގެ ތަރުޖަމާނު އިސްމާއިލް އަލް ސަވަބްތާ ވިދާޅުވެއްޖެއެވެ.

އިސްމާއީލް މިހެން ވިދާޅުވީ އޭނާ އަލްޖަޒީރާ ޓީވީ ޗެނަލަށް ދިން އިންޓަވިއު އެއްގައެވެ. މި އިންޓައިވުގައި ވާހަކަ ފުޅު ދައްކަވަމުން އިސްމާއީލް ވަނީ ޣައްޒާގެ ހެލްތު ކެއާރ ސިސްޓަމްގެ މިހާރުގެ ހާލަތު ހާމަ ކުރައްވާފައެވެ.

މިގޮތުން ދުނިޔެން ޣައްޒާއަށް ފޯރުކޮށްދެމުންދާ "ހިއުމެނިޓޭރިއަން" އެހީގެ ޒަރިއްޔާއިން ކަވަރު ވަނީ ޣައްޒާގެ ބޭނުންތަކުގެ ތެރެއިން އެންމެ 2 އިންސައްތަ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. ޣައްޒާގެ ބޭނުންތަށް ފުއްދުމަށް 1000 ޓްރަކުގެ އެހީ ކޮންމެ ދުވަހަކު ބޭނުން ވާނެ ކަމަށް އިސްމާއީލް ވަނީ މައުލޫމާތު ދެއްވާފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.