ފަލަސްތީނުގެ ޣައްޒާގައި 24 ގަޑިއިރު ތެރޭގައި 130 މީހުން ޣައްޒާގައި ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން މައުލޫމާތު ދީފިއެވެ.

އަލް ބުރެޖް، ޙާން ޔޫނިސް އަދދި ޖަބަލިއާ ރެފިއުޖީ ކޭންޕް ތަކަށް އިޒްރޭލުންގެ ޒަޔަނިސްޓުން ވަނީ މިއަދު ބޮންއަޅާ ފުޑުފުޑު ކޮށްފައެވެ. މީގެ ސަބަބުން 130 އެއްހާ މީހުންވަނީ ޝަހީދުވެފައެވެ. މިގޮތުން ޝަހީދުވި ބައެއް މީހުންގެ ހަށިގަނޑު ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން ގިނަ ބައެއް ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުން އަދި މުސްކުޅިންނެވެ.

މީގެ އިތުރުން އިޒްރޭލުގެ ޒަޔަނިސްޓުން ދަނީ ޣައްޒާއަށް އެހީގެ ތަކެތި ވެއްދޭނެ މަގުތަށްވެސް ބަނދު ކޮށްފައެވެ. އަދި ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުން ވަނީ ފެނާއި ކަރަންޓު، އަދި ކާބޯތަކެތިން ވެސް މަހްރޫމް ވެފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.