އަންނަ މަހު، މާލޭގައި ނީލަން ފިހާރަ ހުޅުވާނެ ތަނެއް ކަނޑައަޅާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އާދަމް ޝަރީފް ވިދާޅުވީ މާލޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައި ފަރާތްތަކަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ނީލަން ފިހާރަ ހިންގަމުން އައި ފަރާތްތަކަށް އަލުން އެ ވިޔަފާރި ހިންގުމަށް އަންނަ މަހު ނީލަން ފިހާރަ ހުޅުވާނެ ތަނެއް ކަނޑައަޅައި އުސޫލުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފަ އޮތީ މާލޭގައިވެސް އެކަށީގެންވާ ދިމާއަކުން ތަންތަން ކަނޑައަޅައި އެ ކަންތައްތައް ވީހާ އަވަހަކަށް ކުރިއަށް ގެންދިއުމަށް، މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެން މާލެސިޓީ ކައުންސިލާއި ގުޅިގެން ކުރަމުން މިދަނީ.

"އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އަމާޒަކީ އަންނަ މަހު އެކަމަށްޓަކައި ޖާގަތައް ކަނޑައެޅި، އިއުލާންކުރެވި، އަދި އެތަންތަން ދޫކުރާނެ އުސޫލުތަކާއި ގަވާާއިދުތައް އިއުލާން ކުރެވިގެން ދިޔުންކަމަށެވެ.