ކިއުބާގެ ރައީސް މިގުއެލް ޑީއޭޒް ކެނެލް, އިޒްރޭލުންނަކީ ޓެރަރިސްޓުން ކަމަަށް ވިދާޅުވެއްޖެއެވެ.

މިގުއެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގައި އިސްރާއީލުގެ ޓެރަރިސްޓް ދައުލަތުން ހިންގަމުންދާ ގަތުލުއާއްމަކީ މުޅި އިންސާނިއްޔަތަކަށް ކުރާ ފުރައްސާރައެއްކަމަށެވެ. މީގެ އިތުރުން މިގުއެލް ވިދާޅުވެފައިވަނީ ކިއުބާއަކީީ މިކަހަލަ ގަތުލުއާއްމުތައް ހިންގާ މަންޒަރު ބަލަން ހަނު ހުންނާނެ ބައެއް ނޫން ކަމަށެވެ. އަދި ކިއުބާއިން އަބަދާއި އަބަދަށް ފަލަސްތީނަށްޓަކައި އަޑުއުފުލާނެ ކަމަށެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.