ދީނީ އިލްމުވެރިޔާ، ޝެއިހް އަލީ ޒައިދް ކްރިސްމަސް ފާހަގަކުރުމުގައި ދިވެހި އިސްލާމަކު ބައިވެރި ނުވުމަށް ނަސޭހަތްތެރިވެއްޖެއެވެ.

ޝެއިހް ޒައިދް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަނީ އެހެން އެއްވެސް ދީނެއްގެ ޝިއާރެއް ގައި ބައިވެރިވެ، އިސްލާމް ދީނާއި އީންމާތެރި ކަމަށް ބުރޫއަރާ އެއްވެސް ކަމެށް ނުކުރުމަށެވެ. އަދި ޝެއިހް ވަަނީ މިފަދަ ފިތުނަތަކުން އަހަރުމެން ސަލާމަތް ވުމަށް އެދި ދުވާ ދަންނަވާފައެވެ.

މީގެ އިތުރުން ޝެއިހް ޒަމްޒަމް ފާރިޝް ވެސް ވަނީ ކްރިސްމަސް ފާހަގަ ކުރުމުގެ ނުބައި ކަމާއި މެދު އެކްސްގައި ޕޯސްޓު ކުރައްވާފައެވެ. މިގޮތުން ބަނގުރާ ބުއިމާއި، ޒިނޭ ކުރުމާއި، މީހުން މެރުމަށް ވުރެ، ކްރިސްމަސްގައި ތަހުނިޔާ ކިޔުމުގެ ފާފައިގެ ނުބައިކަން ބޮޑުވެގެން ވާކަމަށް އިބްނުލްޤައްޔިމް رحمه الله ބުނެފައިވާ ބަސްފުޅެއް ޝެއިހް ވަނީ ދިވެހިންނާ ހިއްސާ ކޮށްފައެވެ.