އިޒްރެލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 21،000 އަށް އަރައިފިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން އިޒްރޭލުންގެ ޒަޔަނިސްޓުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓު ކަނޑާލާފައެވެ. އަދި ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެތިން ވެސް މަހްރޫމް ކޮށްފައެވެ. މީގެއިތުރުން އިޒްރޭލުން ދަނީ ޣައްޒާގައި ހާލުގަޖެހިފައިވައި ހުރި ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދޭނެ މަގުތަށް ވެސް ބަންދުކޮށްފައެވެ.

މިހާތަނަށް އިޒްރޭލުންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 21،300 އަށް އަަރައިފި ކަމަށް ފަލަސތީނުގެ ހެލްތު މިނިސްޓްރީއިން މައުލޫމާތު ދީފިއެވެ. މީގެއިތުރުން ޒަހަމްވެފައިވާ މީހުންގެ އަދަދު 55،600 އަރައިފި ކަމަށްވެސް އެ މިނިސްޓްރީއިން މައުލޫމާތު ދީފިއެވެ.