މިރޭ ފެށުނު މިލާދީ އައު އަހަރު (2024) އަކީ ﷲ ގެ ރަޙުމަތްފުޅުން ދިވެހިރައްޔިތުން ފާގަތިކަމާއެކު ދިރިއުޅެމުންދާނޭ އަހަރަކަށްވާނޭ ކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ ތަގުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "މިރޭ މިފެށުނު މީލާދީ އާ އަހަރަކީ ކީރިތި ﷲ ގެ ހެޔޮރަޙްމަތްފުޅުން ދިވެހި ރައްޔިތުން އުފާފާގަތިކަމާއެކު ދިރިއުޅެމުންދާ އަދި ކުރިއެރުންހޯދަމުންދާ އަހަރެއް ކަމުގައި ލައްވާށް. އާއަހަރުގެތަހުނިޔާހުރިހާ ލޮބުވެތިރައްޔިތުންނަށް އިޚްލާޞްތެރި ކަމާއެކު ދަންނަވަން،" ކަމަށެވެ.