ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރެއްވުމަށް އެ ދާއިރާއަށް ކުރިމަތިލައްވާނެކަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ ހާމަކުރައްވައިފިއެވެ.
އެކަމަނާ މިކަން ހާމަކުރެއްވީ ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަހުލާ އިތުރަށް ވިދާޅުވީ ދާއިރާގެ ރައްޔިތުން ތާއިދާއި ވޯޓްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށެެވެ.
މީގެއިތުރުން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނަހުލާ ނިންމެވީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑުއުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންއަންނަ ދަތިތަކަށް ހައްލުހޯދައިދެއްވުމަށް ބޭނުންވާ މުހިންމު ހިދުމަތްތަކެއް ސަރުކާރާއި ގުޅިގެން ގާނުނު ހަދާ މަޖިލީހުގެ ތެެރެއިންކޮށްދިނުމަށްޓަކައި ކަމަށް ޖޭފީން ބުނެފައިވެއެވެ.
އަދި މި ގޮނޑި ކާމިޔާބުކުރުމަށް ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުންދެއްވުމަށްވެސް އެކަމަނާވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނަ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.