އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ތެރޭގައި ތުރުކީ-ފަލަސްތީނުގެ ފްރެންޑްޝިޕް ހޮސްޕިޓަލުގެ ހިދުމަތް ކެނޑުމުން ޣައްޒާގެ ގާތްގަނޑަކަށް 10،000 ކެންސަރު ބަލިމީހުންނަށް ބޭސް ނުލިބޭ ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.

ސިއްހީ އިދާރާތަކުން ބުނާގޮތުގައި ޣައްޒާގައި ކެންސަރުޖެހިފައި ތިބި މީހުން މިއަދު ކުރިމަތިލާން ޖެހިފައި މިވަނީ "ލައިންސާނީ" ހާލަތްތަކާއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.