މި ހަފުތާ އަދި މިއަންނަ ހަފުތާ ތެރޭގައި ފްލެޓް ތަކުގެ ރަޖިސްޓްރީ ހައުސިންގް މިނިސްޓްރީއިން އެ ފްލެޓްތަކުގެ ވެރިފަރާތް ތަކާ ހަވާލު ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްހުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގޯތި އަދި ފްލެޓު ލިބޭނެ ކަމުގެ ފައިނަލް ލިސްޓުގައި ހިމެނިފައިވާ ބޭފުޅުންނަށް ރަޖިސްޓްރީ ހަވާލު ކުރުމަކީ އެމަނިކުފާނު ވެވަޑައިގަތް ވައުދު ފުޅާ އެއްގޮތަށް ކުރިއަށް ދާނެ ކަމެށް ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ ބިންނުހިއްކަ ހުރި ސަރަހައްދުތަކުން ވެސް ގޯތި ބަހާފައި ވުމާއެކު އެ ސަރަހައްދުތައް ވެސް ބާރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.