ޕީއެމް ޕީއެންސީ ބަލިކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރުކަަމަށް ވާދަކުރައްވާ އެ ޕާޓިގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

މިއަދު ފޭސް އެކެއްގައި ބޭއްވި ކެންޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާއެކު ކަމަށާއި, ދެއްވާ ހިދުމަތުން ބަލި ކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޑރ މުއިއްޒު އާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާއެކު ކަމަށާއި ދައްކަވަނީ ރީތި ނަމޫނާއެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލި ކުރުމަކީ ކުރެވިދާނެ ކަމެއް ނޫނޭ. ހިދުމަތުގަ. އަޅުގަޑުމެންގެ ހިދުމަތާއި, އިހްލާސްތެރިކަމާއި ރައްޔިތުން ދެކެވާ ލޮތްބަކީ ހަމަ ގައިމުވެސް ޗެލެންޖު ކުރެވޭނެ ކަމެއް ނޫނޭ. އެފަދަ ނަމޫނާއެއް އަޅުގަނޑުމެންނާއި ރައީސްގެ ޓީމުން ދައްކާނަމޭ".
އާޒިމާ ވިދާޅުވިއެވެ

މީގެއިތުރުން އެކަމަނާ ވިދާޅުވީ ނިކުމެ ތިބީ ރައީސް ޑރ. މުއިއްޒުގެ "ވިޝަން" ކާމިޔާބު ކުުރުމަށް ކަމަށާއި ދެން ވާދަ ކުރައްވާ ތިން ކެނޑިޑޭޓުންނަށް ވުރެ އަޒުމް ވެސް ވަރުގަދަ ކަމަށެވެ.

އަދި ހިދުމަތްތެރި ބަޔަކު ގައުމާއި ހަވާލުވުމުން އަންނަ ބަދަލު ރައްޔިތުންނަށް ދައްކައިދޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.