ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 17 މީހުން ޝަހީދު ވެއްޖެއެވެ.

މި ހަމަލާގައި ޝަހީދުވި 17 މީހުންގެ ތެރެއިން 12 މީހުންނަކީ ކުޑަކުދިން ކަމަސް ވެސް އަލްޖަޒީރާ އިން ރިޕޯޓުކުރެއެވެ. އަލް ޖަޒީރާއިން ބުނާގޮތުގައި އިޒްރޭލުގެ އެއާރކްރާފްޓަކުން ވަނީ ގެދޮރު ގެއްލި އުޅޭނެ ތަނެއްނެތިފައިވާ އެތަށް ބައެއް ދިރިއުޅެމުން ދިޔަ އިމާރާތަކަށް ހަމަލާދީފައެވެ.

މީގެއިތުރުން އިޒްރޭލުގެ ޒަޔަނިސްޓުން އދ އިން ގައްޒާގައި ހިންގަމުން ދިޔަ ސްކޫލަކަށް ހަމަލާދީ 4 މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށް ވެސް އަލްޖަޒިރާއިން ބުނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.