އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 109 ނޫސްވެރިން މަރުވެފައިވާ ކަމަށް ޣައްޒާގެ މީޑިއާ ރިލޭޝަންސް ޑިޕާޓްމަންޓުން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓަށް ބަލާއިރު، ' ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން މަރުވި ނޫސްވެރިންގެ އަދަދު ވަނީ 109 އަށް އަރާފައެވެ.' ފަލަސްތީނަށް އިޒްރޭލުން ދިން ހަމަލާތަކުގެ އެންމެ ފަހުގެ ޝިކާރައަކަށްވީ ގަތަރުގެ ޓީވީ ބްރޯޑްކާސްޓަރު އަލްޖަޒީރާގެ ނޫސްވެރިންނެވެ.

މިސްރުގެ ނިއުސް ޕޯޓަލް އަލްޔޫމް އަސް ސާބިއާ އިން ބުނާ ގޮތުގައި ޣައްޒާގައި މަރުވި ނޫސްވެރިންގެ ތެރޭގައި މަދުވެގެން 11 އަންހެނުން ހިމެނެ އެވެ. އެ އެންމެންނަކީ ވެސް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި އެކި ޓީވީ ޗެނަލްތަކުގެ ނޫސްވެރިންނާއި ރިޕޯޓަރުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 22،700 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 58،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.