އިޒްރޭލުންގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި ޣައްޒާގައި 126 މީހަކު ޝަހީދު ވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުގެ އަނިޔާވެރި ޒަޔަނިސްޓު ސިފައިން ދަނީ ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުންނެވެ. މިގޮތުން ޣައްޒާގެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ރެފިއުޖީ ކޭންޕް ތަކަށް ވެސް އިޒްރޭލުން ދަނީ ބޮން އަޅަަމުންނެވެ. މިގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޝަހީދުކޮށްލި 126 މީހުންގެ އިތުރުން 241 މީހަކު ވަނީ ޒަހަމްކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23،210 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 59،167 މީހުންނެވެ.