ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝަަހީދުވި މީހުންގެ އަދަދު 23،210 އަށް އަރާފައިވެ އެވެ.

'މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން ގެންދާ އުދުވާނީ ހަމަލާގައި މިހާތަނަށް 23،210 އަށް އަރާފައިވާއިރު 59،167 މީހުން ވަނީ ޒަޚަމްވެފައި ކަމަށް އެ މިނިސްޓްރީގެ ޓެލެގްރާމް ޗެނަލްގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކަނިވެސް 126 މީހުން މަރުވެ 241 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.