ތައިލޭންޑްގައި ޗުއްޓީ ހޭދަކުރަން ގޮސްއުޅުނު އެމެރިކާ ފަތުރުވެރިއަކު އޭނާ ހުރި ހޮޓަލާ މެދު ނެގެޓިވް ރިވިއުލިޔުމުން ހޮޓަލުން އޭނާއާ ދެކޮޅަށް ދައުވާ ކޮށްފިއެވެ. ޓްރިޕް އެޑްވައިޒާރގައި ލިޔެފއިވާ ނެގެޓިވް ރިވިއުއާ ގުޅިގެން މިމީހާ ދެ އަހަރުގެ ޖަލު ޙުކުމެއް އައު މަކީ އެކަށީގެންވާ ކަމެކެވެ.

ދަ ސީ ވިއު ރިސޯޓުން ބުނިގޮތުގައ ތަނުގެ އަގު ވައްޓާލުމަށް މިމީހާ ވަނީ މަސައްކަތް ކޮށްފައެވެ. އަދި ސްޓާފުންނާ ދިމާކޮށް ހަމަނުޖެހުންވެސް ހިންގާފައި ވެއެވެ.

ޖުލައި މަހު އެމެރިކާ މީހާ، ޓްރިޕް އެޑްވައިޒާރގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، ރިސޯޓް ސްޓާފުންނަކީ ރަޙްމަތެރި ނޫން ބައެއްކަމަށާއި މީހުން މި ރިސޯޓަށް ޒިޔާރަތް ކުރަން ބޭނުން ނުވާ ކަމުގައެވެ.

ރިސޯޓުން މިމީހާއާ ދެކޮޅަށް ދައުވާ އުފުލީ، އެކި ސައިޓްތަކަށް ގޮސް ތަފާތު ރިވިއުތައް ލިޔެ ހެދުމުންނެވެ. މިއިން އެއް ރިވިއުގައ އޭނާ ރިސޯޓް ސިފަކޮށްފައިވަނީ މިޒަމާނުގެ އަޅުދާސް މަރުކަޒެއްގެ ގޮތުގައެވެ. މި ދައުވާ އުފުލީވެސް ތަކުރާރުކޮށް މިކަން ކުރަމުން ދިއުމާ ގުޅިގެންނެވެ.

ތައިލެންޑަކީ އަބުރު ރައްކާތެރި ކުރުމާ ގުޅޭ ހަރުކަށި ގާނޫނަކަށް އަމަލުކުރާ ގައުމެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަނީ މިކަމަށް ފާޑުކިޔާފައެވެ.

ރާއްޖެއާ ދެކޮޅަށްވެސް މިހަފްތާ ފެށުނު އިރު ޔޫއޭއީގައި މީހަކު ނުބައި ރިވިއުތައް ލިޔުނެވެ. މައްސަލަ ޖެއްސުމުން ޔޫއޭއީން ވަނީ އެކަމަށ ްމައާފަށް އެދިފައެވެ. އަދި ތަކުރާނު ނުވާނެ ކަމުގެ ގެރެންޓީ ދީފައެވެ. އަދި އެއަށްފަހު މ ިވިއުތައްވެސް ވަނީ ބާލާފައެވެ!

ތައިލެންޑްގައި މަސައްކަތް ކުރާ މިމީހާ ހައްޔަރުކޮށްފައެވެ. އަބުރުގެ ދައުވާގައިކުށްވެރިވެއްޖެނަމަ، ދެ ލައްކަ ބާތުން ޖުރިމަނާކޮށް ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިއަހަރުގެ ކުރީކޮޅު، ކުކުޅު ގެންގުޅޭ ތަނެއްގެ މަސައްކަތު މާހައުލާ ގުޅޭ ގޮތުން ލިޔުނު ނޫސްވެރިއަކަށްވެސް ވަނީ ދެއަހަރުގެ ޖަލު ހުމެއް އައިސްފައެވެ.