ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް ޗައިނާ ޓުއަރިސްޓުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގެނެވޭ މިންވަރަށް މަސައްކަތްތައް ތަރުތީބުކުރެވިއްޖެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭ ގޮތުން ޗައިނާގެ އިސްވެރިންނާއެކު އެންމެ މަތީފެންވަރުގައި މަޝްވަރާ ކުރެވުނު ކަމުގައެވެ.

އެގޮތުން ޗައިނާގެ ޝިންމިއަން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގޮތުން ކުރިއަށް އޮތް ބަހާރު މޫސުން ފެށޭއިރަށް އެ އެއާލައިނުން ރާއްޖެއާއި ޗައިނާގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް ޗައިނާ ޓުއަރިސްޓުން ގިނަވެގެން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ މިންވަރަށް މަސައްކަތްތައް ތަރުތީބުކުރެވުނު ކަމަށެވެ.

އަދި 2019 ގައި ރާއްޖެއައި ފަތުރުވެރިންނަށްވުރެ ދެގުނަ އިތުރަށް ކުރިޔަށް އޮތް ދެއަހަރު ތެރޭ ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ