ފަލަސްތީނުގެ ނޫސް އެޖެންސީ ވާފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހު ސިޓީ ކައިރީގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް 10 އާންމުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.

މީގެއިތުރުން ވަފާ ނޫސް އޭގެންސީއިން ބުނާގޮތުގައި އިޒްރޭލުގެ ޒަޔަނިސްޓު ސިފައިން ދަނީ ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލުގެ ސަރައްހައްދަށް ހަމަލާދެމުންނެވެ. އަދި އިޒްރޭލުން ވަނީ އައް ޒުވެއިދާ ސަރައްހަދުގައިވާ ރެފިއުޖީ ކޭންޕުތަަށް ހަމަލާދީ، އެ ކޭންޕުތައް ގަދަބާރުން އެމީހުންގެ އަތް ދަށަށް ގެނެސްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23،700 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 60،000 މީހުންނެވެ. މީގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.