ޣައްޒާއާއި މިސްރު ގުޅުވައިދޭ ބޯޑަރު ކޮންޓްރޯލުކޮށް ބަންދު ކުރަން ޖެހޭ ކަމަށް އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހު ބުނެފިއެވެ.

"ސާފުކޮށް އެނގޭ ގޮތުގައި އަޅުގަނޑުމެން މި ވަޅު [މިޞްރު ބޯޑަރު] ބަންދު ނުކުރަނީސް ،ި ހަނގުރާމައަށް ނިމުމެށް ނާންނާނެ، ސަބަބަކީ އަޅުގަނޑުމެން ހަމާސް ނައްތާލާ ޣައްޒާ ޑިމިލިޓަރައިޒް ކުރުމުން ދެން މި ބޯޑަރުން އާ ހަނގުރާމަވެރިން އަންނާނެ، އާ މެޓީރިއަލް އަދި ނުރައްކާތެރި ހަތިޔާރު އަންނާނެ. އެހެންވެ އަޅުގަނޑުމެން އެތަން ބަންދުކުރަން ޖެހޭ!" ނަތަންޔާހު ބުންޏެވެ. .

ނަތަންޔާހުވަނީ މިސްރު ބޯޑަރު ބަންދު ނުކުރަނީސް މި ހަނގުރާމަ ނުނިމޭނެ ކަމަށް ބުނެފައެެވެ. އަދި ބަންދު ކުރާނެ ބައިވަރު ގޮތް ހުރި އިރު، އެކަން ކުރާނެ ވަކި ގޮތެއް ކަނޑަނޭޅޭ ކަމަށް ވެސް ނަތަންޔާހު ވަނީ ބުނެފައެވެ.

މިސްރާއި ޣައްޒާ ގުޅުވައިދޭ ބޯޑަރުތަކަކީ ޣައްޒާއަށް އެންމެ ގިނަ އެހީގެ ތަކެތި އެތެރެ ކުރާ ބޯޑަރުވެސްމެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23،700 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 60،000 މީހުންނެވެ.