ސްޓަޑީ ޓުއަރއެއްގައި ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ޒިިޔާރަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި މިހު 13 ވަނަ ދުވަހު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ކުރި މި ޒިޔާރަތުގައި އެކޮމާންޑުން ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާބެހޭ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމަކާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، ބ. އަތޮޅު މަދަރުސާގެ 13 ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.