ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޯސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އެކަމަށް ޝައުގުވެރިވާ މީހުން މިކަމަށް އެދި 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ދައުލަތުގެ ޒިންމާގެ ދަށުގައި އާއިލާތަކާ އެކަހެރިކޮށް، އެކަނިވެރި ދިރިއުޅުމެއްގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ.