ރަސްމީ ޖަލްސާތަކުގައު ޤުރުއާން ކިޔަވާދޭނެ ފަރާތްތަކުގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަށް ނިންމާ، ޖަލްސާތަކުގައި ތަޖުވީދު މަގުން ރީތިކޮށް ގުރުއާން ކިޔެވުމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިއުލާން ކޮށްފިއެވެ.

ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ މިކަމަށް އެދޭ ފޯމު ފުރުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު އެ މަރުކަޒުގެ ވެބްސައިޓުންވެސް ލިބޭނެކަމަށް ވިދާޅުވެފައި ވެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެފައިވަނީ، ދަފްތަރު ކުރުމަށް ހަމަޖެހިފައިވަނީ ޤުރުއާން ކިޔަވާ ފަރާތްތައް ހޮވުމުގައި ކިޔެވުން އަޑުއެހުމަށްފަހުކަމުގައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެ މަރުކަޒުގެ 3019328 އިން ލިބޭކަމަށްވެސް ވިދާޅުވެފައި ވެއެވެ.