އަރަބިއްޔާ ސްކޫލްގައި ހުރިހާ މާއްދާއެއް ކިޔަވައިދޭން ދިިވެހި ޓީޗަރުން ތަމްރީން ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން ތަމްރީން ކުރަން ފަށާނެކަން ހާމަ ކުރައްވައި އޭގެ ކުޑަ ތަފްސީލެއް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ދެއްވައިފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް އެކި ސްކޫލުތަކުގައި އިނގިރޭސި މާއްދާތައް ކިޔަވައިދެނީ ދިވެހި ޓީޗަރުން ކަމަށާއި އެހެން ނަމަވެސް އަރަބި ބަހުން ކިޔަވައިދޭ ދިވެހި ޓީޗަރުން މަދު ކަމަށެވެ.
މީގެއިތުރުން އަރަބި ގަައުމުތަކުގެ އެހީގައި އަރަބި ބަހުން ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާ ގޮތުގައި އޭރުން އަހަރަކު އަރަބި ބަހުން ކިޔަވައިދެވޭ ވަރަށް 3 ނޫނީ 4 ޓީޗަރުން ތަމްރީން ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ މަދަރުސާގައި އިނގިރޭސި ދިވެހި ފަދަ މާއްދާތައް ފިޔަވައި ދެން ހުރިހާ މާއްދާތައް ކިޔަވައިދެނީ އަރަބި ބަހުން ނެވެ. ނަމަވެސް ޓީޗަރުން ލިބުމުގައި ދަތިތައް ދިމާވެ އެވެ. އެގޮތުން އެ ސްކޫލަށް އަރަބި ޓީޗަރުން ނުލިބިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިސްރަށް ވަފުދަކާއެކު ވަޑައިގެންނެވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އިހުމާލުވެފައި އޮތް އަރަބިއްޔާއަށް އަހައްމިއްޔަތުކަމެއް ދޭން ވަނީ ފަށައިފައެވެ.