އަމިއްލަ އުފަން ދަރިފުޅަށް އަނިޔާކުރި މަންމައެއްގެ މައްސަލަ އެއް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އެމްއޯއެސްއެފް) އިން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާއަށް ކާންދޭން އެ ކުއްޖާގެ މަންމަ އިންއިރު އެ ކުއްޖާއާ ދިމާލަށް ބާރަށް ހަޅޭއްލަވާ އަނިޔާ ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ކުއްޖާ އަތުގައި އޮތް ފޯނު އަތުލާ އެއްލައިލާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދިޔަ އިރު، އެކުއްޖާ ރޯ އަޑު ވީޑިއޯ އިން އިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖަކަށް އަނިޔާ ކުރާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

ދާދިފަހުން ވަނީ ގެއެއްގައި ގެންގުޅޭ އިންޑިއާ މީހަކު ކުޑަކުއްޖަކަށް އަނިޔާ ކުރި ވީޑިއޯއެއްވެސް އާންމުވެފައެވެ.