ނެޓްފްލިކްސް އިން އިންޑިއާގެ ފަހުން ނެރުނު ބޮލީވުޑް ހިންދީ ފިލްެމް "އަންނަޕޫރާނީ" އެ ޕްލެޓްފޯމުން އުނިކޮށްފިއެވެ.
މި ފިލްމު ނެޓްފްލިކްސް އިން އުނި ކުރީ މި ފިލްމުގައި ހިނގާ ބައެއް ކަންކަމާއި ވިއްދާ، ހިންދޫގެ ދީނީ ޖަމާއަތްތަކަކުން ފާޑުކިޔުމުންނެވެ. ހިންދޫގެ ބައެއް ޖަމާއަތްތަކުން ވަނީ މި ފިލްމަކީ ގަސްތުގައި އެމީހުންގެ ދީނަށް ފުރައްސާރަ ކުރާ ފިލުމެއްކަމަށް ބުނެފައެވެ.
މި ފިލްމުން ދައްކުވައިދެނީ އިންޑިއާގެ އެންމެ މޮޅު ޝެފަކަށް ވުމަށް ޒުވާން އަންހެނަކު ދެކޭ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް އޭނާ ކުރާ މަސައްކަތުގެ ވާހަކައެވެ. މި ފިލްމުގައި އެ އަންހެން ޒުވާނާ އޭނާގެ ހުވަފެން ހާސިލް ކުރުމަށް ޓަކައި ގެރި ބަކަރީގެ މަސް ކައްކައި، ކައި ހަދައެވެ. މިގޮތުން މި އަންހެން މީހާއަކީ ހިންދޫދީނުގެ އެންމެ މަތީ ބްރަހަމިންސްގެ އާއިލާއަށް ނިސްބަތް ވާކުއްޖެކެވެ. އަދި މި ފިލްމުގައި ދައްކުވައިދެނީ އޭނާގެ އާއިލާއިން އޭނާ ޝެފަކަށް ވުމަށް ދެކޮޅުހެދި ކަމުގައިވިޔަސް، އޭނާގެ އާއިލާގެ ރުހުމާއި ނުލައި އޭނާ ޝެފަކަށް ވުމަށް މަސައްކަތް ކުރާތަނެވެ.
މި ފިލްމު ނެޓްފްލިކްސް އިން ރިލީޒް ކުރީ ޑިސެމްބަރު މަހު 29 ގައެވެ. އަދި މި ފިލްމު ނެރުމާއި އެކު ވަރަށް އަވަހަށް އިންޑިއާގައި ސްޓްރީމިން ޕްލެޓްފޯމްގެ އެންމެ މަތީ ޓްރެންޑިން ފިލްމަކަށް ވެގެން ދިޔަ ކަމަށް ޕްރޮޑަކްޝަން ސްޓޫޑިއޯ ޒީ އެންޓަޓެއިންމަންޓުން ބުނެ އެވެ. އެކަމަކު ދެ ހަފްތާ ނުވަނީސް ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް ހިމެނޭ ގޮތަށް ސައިޓުން ފިލްމު ގެއްލިގެން ދިޔައީ އެވެ.
“އަހަރެމެން މި ފިލްމު ނައްތާލީ ލައިސަންސް ދިން ފަރާތުގެ އެދުމުގެ މަތިން" ނެޓްފްލިކްސްގެ ތަރުޖަމާނަކު މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން ވިދާޅުވިއެވެ.
މި މައްސަލައިގައި ޒީ އެންޓާރޓެއިންމެންޓް އަދި ފިލްމުގެ ޑައިރެޓްކަރުގެ ކިބައިން ކޮމެންޓެއް ލިބިފައެއް ނުވެއެވެ.