ފަންޑިތަ އާއި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ރާއްޖޭގެ ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެ އެކެޑަމީން ކުރި އިއުލާނެއްގައެވެ.
ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ފިގުހު އެކަޑަމީގެ އިއުލާނުގައި ބުނެފައިވަނީ މީހުން އެފަދަ މީހުންގެ ކައިރިއަށް ދަނީ ހުއްދަ ރުގްޔާގެ ނަމުގައި އެހީ ލިބިގަތުމަށް ކަމަށެވެ.
އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ.ފިގްހު އެކަޑަމީގެ އިއުލާނުގައި ބުނެފައި އެވެ.
ފިގުހު އެކަޑަމީން ބުނެފައިވަނީ އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެ ކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިލްތިމާސް ކުރާ ކަމުގައެވެ.