ނައިޖީރިއާގެ އޮޔޯ ސްޓޭޓްގައި އަމިއްލަ ގެއެއްގައި ރައްކާކޮށްފައި ހުރި ގޮވާތަކެތި ގޮވައިގެން ދެ މީހަކު މަރުވެ، އެތަށް މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސްޓޭޓުގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ މި ގޭގައި ރައްކާކޮށްފައި ހުރި ގޮވާތަކެތި ގޮވުމުގެ ސަބަބުން ގިނަ އިމާރާތްތަކެށް ވަނީ ބިމާއި ހަމަވެ، ފުޑުފުޑުވެފައެވެ. ގަވަރުނަރު ސެއި މަކިންޑޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދެ މީހަކު މަރުވެފައިވާއިރު ޒަޚަމްވި 77 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ޒަހަމްވެފައިވާ މީހުނަށް ސިއްހީ ފަރުވާ ދީފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ގެއަށް ދޫކޮށްލެވިފައެވެ.

'ސަލާމަތީ އިދާރާތަކުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި މި ހާދިސާ ހިނގި މައިގަނޑު ސަބަބަކީ ބޮޑިޖާގެ އެއް ގެއެއްގައި ގަވާއިދާ ހިލާފަށް މައިން ކުރާ މީހުން އެތަނުގައި ގޮވާތަކެތި ރައްކާކޮށްފައި ހުރުމުން" މަކިންޑޭ ވިދާޅުވި އެވެ. މަކިންޑޭ ވިދާޅުވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށާއި ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ގޮތުން ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.