ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި މީހާއަކީ ފިރިހެނެއްކަމަށާއި ނަމަވެސް މިކަމާއި ގުޅުންހުރި އިތުރު މައުލޫމާތެއް ލިބިފައެއްނުވެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް މިހާރުވެސް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވަނީ ކޮވިޑްގެ އާ ވޭރިއަންޓެއް ރާއްޖޭގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށްވާ JN.1 ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުން ފެނިވައިވާ ކަމަށާއި، މި ބަލި ފެތުރުން އިތުރުވެފައިވާ ކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.