ޖަޕާން އެއަރލައިނުން އަންނަ މަހުން ފެށިގެން ޖިންސް ވަކިނުކުރާ ގޮތަށް ނިންމައިފިއެވެ. ޖަޕާން އެއަރލައިނުން ދޭ އެއްވެސް އެނައުންސްމެންޓެއްގައި ލޭޑީޒް އެންޑް ޖެންޓްލްމަން ކިޔާފަ މުޚާތަބު ނުކުރާނެއެވެ.

އަންނަ މަހު އެކަކުން ފެށިގެން އެއަރލައިންގެ އުދުހުމުގައިއާއި އެއަރޕޯޓްގައި ދޭ އެނައުންސްމެންޓްތައް ދޭނީ ޖިންސް ފަރަގު ނުވާ ގޮތަށެވެ. ހަމައެކަނި ވަގުތާ ގުޅޭ ތަހުނިޔާގެ އިބާރާތް ފަދަ "ގުޑް މޯރނިން" އިން ފުއްދާލާނީއެވެ.

އެހެންވެސް ޖަޕާނު ބަހަކީ ޖިންސްގެ ތަފާތު އޮންނަ ބަހެއް ނޫނެވެ. ނަމަވެސް މައްސަލަ ދިމާވާނީ އިނގިރޭސި ފަދަ ބަސްބަހުން ދޭ އެނައުންސްމެންޓްތަކުގައެވެ.

ޖަޕާނަކީ ޖިންސްގެ ތަފާތު ގެންގުޅޭ މުޖުތަމައެކެވެ. ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އާބޭ ވެސް ވަނީ އަންހެނުން ސިޔާސީ މައިދާނަށް ނެރުއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަބޭ މަގާމުން ވަކިވެ ވަޑައިގަތް އިރުވެސް މިކަން ހަގީގަތަކަށް ވެފައެއް ނުވެއެވެ.

ޖަޕާން އެއަރލައިންއާ ވާދަވެރި އޭއެންއޭ އެއަރލައިނުން ބުނެފައިވަނީ މިފަދަ ފިޔަވަޅެއް އެކުންފުނިން އަޅާނީ، ކަސްޓަމަރުންގެ ޚިޔާލުތައް ވަޒަން ކުރުމަށްފަހުއެވެ.