ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއުއެއް ފެށުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ, އަޚްލާގީ އަދި ފިގުހީ މައްސަލަތަކަށް އަމާޒުކޮށް ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއުއެއް އިއުލާންކުރެވޭނެ ކަމަށެވެ.

މީގެ ފުރަތަމަ ބުރު ގއ.އަތޮޅުގައި އަންނަ ފެބްރުއަރީގައި ފަށާނެ ކަމަށާއި ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި 800 އެއްހައި އިމާމުން އުޅޭ ކަމަށެވެ.