ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދޭނާ އާއި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ރައީސް އަސްލަމް ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދޭނާ އާއި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ބައްދަލުވުމުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އަސްލަމް ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ވެސް ބައްދަލު ކުރައްވައިފައެވެ.

އަސްލަމްގެ މި ދަތުރުފުޅަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.