ހަނދުގައި އެއަރކްރާފްޓެއް ލޭންޑު ކުރި ފަސްވަނަ ގައުމުގެ ލަގަބު މިއަދު ޖަޕާން ލިބިއްޖެއެވެ.

މީގެ ކުރީން އެ ޝަރަފް ހޯދައިފައިވަނީ އެމެރިކާގެ، ޗައިނާ، ސޯވިއެޓް ޔޫނިއަން އަދި އިންޑިއާ އެވެ. މިއީ އެތައް އަހަރެއް ވަންދެން ޖަޕާނުން ކުރަމުން އައި މަސައްކަތުގެ ކާމިޔާބީ ކަމަށް އެގައުމުން ވަނީ ސިފަކޮށްފައެވެ.

ނަމަވެސް ޖަޕާން އެއަރޯސްޕެސް އޭޖެންސީ (ޖަކްސާ)ގެ އިސްވެރިން ބުނާގޮތުގައި އަދި އެމީހުން ބޭނުންވާ ގޮތަށް މި މިޝަން ކާމިޔަބުވި ކަމެއް ނޭނގެއެވެ. އެއީ ސްމާޓް ލޭންޑަރ ފޯރ އިންވެސްޓިގޭޓިން މޫން (ސްލިމް) އެއަރކްރާފްޓް އެމީހުން ބޭނުންވި ގޮތަށް ހަނދުގައި ޕިންޕޮއިންޓް ކޮށް ލޭންޑް ކުރެވުނުކަން އެނގޭނީ އަދި އިތުރަށް ބަލާ ދިރާސާ ކުރުމަށް ފަހުގައި ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

މީގެއިތުރުން ޖަކްސާއިން ބުނީ ސްލިމްގައި ހުރި ސޯލަރ ޕެނަލް ތަކުން ހަކަތަ އުފެއްދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައިވާ ކަމަށެވެ. ނަމަވެސް ޖަކްސާގެ ޑިރެކްޓަރ ޖެނެރަލް ކުނިނަކާ ވިދާޅުވީ މި މިޝަން އަކީ ކޮންމެސް ވަރެއްގެ ކާމިޔާބީއެއް ހާސިލް ކުރެވުނު މިޝަންއެއް ކަމަށް ދެކޭ ކަމަށެވެ.