ޖަލުން ފިލައިގެން ހޯދަމުންދިޔަ އެކުއަޑޯގެ ގޭންގް ލީޑަރު، އެޑޮލްފް މާޝިއެސް ވިލަމާގެ އާޖެންޓީނާއިން ހައްޔާރުކޮށްފިއެވެ. އޭނާއާއެކު އަންހެނުންނާއި ދަރިން ވެސް ހައްޔަރުކުރިއެވެ. އެމީހުން މިހާރުވަނީ އާޖެންޓީނާއިން ބޭރުކޮށްފައެވެ.

އާޖެންޓީނާގެ ސެކިއުރިޓީ މިނިސްޓަރު ޕެޓްރިޝިއާ ބުލްރިޗް ވިދާޅުވީ އެޑޮލްފް މަޝިއެސް ވިލާމާގެ އާއިލާއާ ދެކޮޅަށް އެޅި ފިޔަވަޅަކީ އާޖެންޓީނާއަކީ މަސްތުވާތަކެތީގެ ކުށްވެރިންނަށް ހިމާޔަތްދޭ ގައުމެއްނޫން ކަމަށް ހާމަކުރުމުގެ ގޮތުން އެޅިފިޔަވަޅެއް ކަމަށެވެ.

ފިޓޯގެ ނަމުން މަޝްހޫރުވެފައިވާ އެޑޮލްފް އިކުއެޑޯގެ ޖަލުން ފިލައިފައިވަނީ ވަނީ މިމަހުގެ ކުރީކޮޅުގައެވެ. އެކުއަޑޯއިން މިވަގުތު ވަނީ އެޑޮލްފް ހޯދުމަށްޓަކައި މުޅިގައުމު ސަމާލުކަމަށް ގެނެސްފައެވެ.

އާޖެންޓީނާގެ ސެކިއުރިޓީ މިނިސްޓަރު ޕެޓްރިޝިއާ ބުލްރިޗް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެޑޮލްފާ ގުޅުންހުރި ބަޔަކު ކޯޑޯބާ ސަރަހައްދުގެ ޕްރޮޕަޓީއެއްގައި ހައްޔަރުކޮށް، ބަންދުކުރެވިފައި ވާކަމަށެވެ. މީގެއިތުރުން އެކަމަނާ ވިދާޅުވީ އެ ކަމާ ގުޅިގެން ޖުމްލަ އަށް މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެޑޮލްފާ ގުޅުން ހުރި މީހުންނާއި އޭނާގެ އާއިލާގެ މެމްބަރުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.