ހުޅުމާލެއާއި ދިމާލު ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް ގޮސް އުޅުނު ފަތުރުވެރިއަކަށް، ޑައިވުން މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ އަނިޔާވެފައިވާކަމުގެ މަޢުލޫމާތު ހެނދުނު 08:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ފައިގެ ކަކުލުން ތިރި ވަނީ އެއްކޮށް ބުރިވެފައިކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގްކުރަމުންނެވެ.