މިދިޔަ އަހަރު އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަމަލާދިން ފަހުން، އިޒްރޭލުން ފަށައިފައިވާ އުދުވާނުގައި ޣައްޒާގެ 70 އިންސައްތަ ހަލާކު ކޮށްފައިވާ ކަމަށް ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދް-އަލް މާލިކީ ވިދާޅުވެއެޖެއެވެ.

'އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ %70 އަށް ވުރެ ގިނަ ގެތަކާއި އިމާރާތްތައް ނައްތާލާފައެވެ. ފަލަސްތީނުގެ ގާތްގަނޑަކަށް 2 މިލިއަން މީހުން ގެދޮރު ގެއްލިފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ. 100 އަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ގާތްގަނޑަކަށް 10،000 ކުޑަކުދިން މަރާލާފައެވެ. އިތުރު 10،000 މީހުން ވަނީ ޣައްޒާގައި ފުޑުފުޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 25،000 ގާތް ކޮށްފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ މިހާރު 62،000 އަށް އަރާފައެވެ.