ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އެ ޕަޓީން ވަނީ ފައިސަލް ނަސީމް އެޕާޓީން ވަކިވުމަށް އިސްތިއުފާގެ ސިޓީ ފޮނުވާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

2018 ވަނައަހަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވައި ކުރެއްވި ފައިސލް އެ މަގާމަށް ވަޑައިގެންނެވީޖޭޕީގެ ސްލޮޓެއްގައެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ޤާސިމް އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވެސް ފައިސަލް ޖޭޕީގެ މަސައްކަތްތަކުން ނުފެނެއެވެ. އަދި މިފަހުންވެސް ޖޭޕީގެ ހަރަކާތްތަކުން ފައިސަލް ނުފެނެއެވެ.

ނަމަވެސް އެމަނިކުފާނު ވަނީ ޖޭޕީގައި 16 އަހަރު ހިދުމަތް ކުރައްވައިފައެވެ.

މީގެއިތުރުން އެންމެފަހުން ސިޔާސީ މަސައްކަތެއްގައި އެމަނިކުފާނު ވަނީ މާލޭ މޭޔަރުގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއާއެކު ހަރަކާތްތެރިވެ ވަޑައިގަންފައެވެ.