މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ގިނަ ޒުވާނުންގެ ތާއިދުވަނީ ޑޮނާލް ޓްރަންޕް އަށް ކަމަށް ގިނަ ޕޯލް ތަކަކުން ދައްކައިފިއެވެ.
18-30 އަހަރުގެ ދެމެދުގެ ޒުވާނުންގެ ތާއިދު މިފަހަރު ވަނީ ޓްރަންޕްއާ އެކީގައެވެ. ގިނަ ދުވަސް ތަކެއް ވަންދެން މީހުން ބުނަމުން ދިޔައީ މިފަހަރުގެ އިންތިހާބުގައި ޓްރަންޕަށް ބައިޑެން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ބޮޑު ތަފާތަކުން ބައިޑެން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެއީ ކުރީގެ ގިނަ ޕޯލް ތަކަކުން ދެއްކި ގޮތުގައި ގިނަ ބައެއްގެ ތާއިދު އޮތީ ބައިޑެން އާއި އެކުގައެވެ. އަދި ހާއްސަކޮށް އަންހެނަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ޓްރަންޕް ކޯޓަށް ގެންދިއުމުން، ގިނަ ބައެއްގެ ތާއިދު ޓްރަންޕަށް ވަނީ ގެއްލިފައެވެ.
ނަމަވެސް ފަހުން ހަދަން ފެށި ޕޯލް ތަކުން ފެންނަން ފެއްޓީ މުޅިން އެހެން މަންޒަރެކެވެ. ޓްރަންޕްއަށް އޮތް ތާއިދު ފަހަކަށް އައިސް ދަނީ ބޮޑަވުމަނުންނެވެ. މިގޮތުން ފަހުން ހަދަމުންދާ ޕޯލް ތަކުގެ ތެރެއިން ގައިގަނޑަކަށް ހުރިހާ ޕޯލް އެއް ކާމިޔާބު ކުރަމުން ދަނީ ޓްރަންޕެއެވެ. ހާއްސަކޮށް ޒުވާނުންގެ މެދު ހަދަމުންދާ ޕޯލްތައް ޓްރަންޕް ދަނީ ބޮޑު ތަފާތަކުން ކާމިޔާ ކުރަމުންނެވެ.
މިހެން މިކަން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި މިކަމުގެ މާހިރުން ލަފާ ކުރަނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ، ބައިޑެން މަތިންދާ ބޯޓެއްގެ ސިޑިބަރިން ނޭރިގެން ވެއްޓޭ ވިޑިއޯއެވެ. މި ވިޑިއޯ ފެނިފައި ބައިޑެން އަކީ ވެރިކަން ކުރެވޭ ވަރަށް ވުރެ މާ ސިއްހަތު ދެރަ، ދޮށީ މީހެއް ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އަދި މީގެ އިތުރުން ޓްރަންޕް ވަނީ އޭނާގެ އަމިއްލަ ބްރޭންޑްއެއްގައި ތޮފި ވިއްކައިގެން 7.1 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކެންޕޭން ކުރުމަށް ހޯދާފައެވެ.
ފިލިތައް ކޮބާ؟ ވިޑިޔޯ ތާއިދު ތާއީދު ވަނީ ޑޮނަލްޑް ޓްރަމްޕަށް ކަމަށް ލިޔުން ކަމުދޭ އެކަމަކުވެސް ކުށް ރަނގަޅު ކޮށްލަން ފެނޭ