މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދެމުންނުދާ މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ބައްދަލު ކުރައްވައިފިއެވެ.
މީޑިއާ ކައުންސިލުން މިނިސްޓަރު ނަސީމާ ބައްދަލުކޮށް ވިދާޅުވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅިގެން މީޑިއާތަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް އެކައުންސިލުން މިނިސްޓަރާ ހިއްސާ ކުރައްވާ ބޭނުންފުޅުވާ ކަމަށެވެ.
މީޑިއާ ކައުންސިލުން މިނިސްޓަރު ނަސީމްއާ ބައްދަލުކޮށް އެ ކަންބޮޑުވުން ހިއްސާކުރިއިރު މި ފަހުން ހެލްތު މިނިސްޓްރީން ބޭއްވި އިވެންޓަކަށް ވެސް އެންމެ ދެ މީޑިއާއަކަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މައްސަލަ ބޮޑުވެ، މިނިސްޓްރީގެ ވައިބާ ގްރޫޕުގައި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.