ޗައިނާގެ ޔޫނާން ޕްރޮވިންސްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 47 މީހަކު ދިރިތިއްބާ ފަސްގަނޑު ދަށު ވެއްޖެެއެވެ.

ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކާރިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހައެއް ޖަހައި އެހައިކަންހާއިރު ލިއަންގްޝޫގައެވެ. ވަޅުލެވިފައިވާ މީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމު ތަކުން ދަނީ ހަރަކާތް ތެރި ވަމުންނެވެ.

ޗައިނާ ސަރުކާރުން މިހާރު ވަނީ ކާރިސާގައި ފަސްގަނޑުދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފައެވެ. މީހުން ސަލާމަތް ކުރުމަށް ދުއިސައްތައެއްހާ ސިފައިން މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި ރެސްކިއު ޓީމުތަކުން ގެންދަނީ މީހުން ސަލާމަތް ކުރުމަށް އަށާރަގެއެއް ވަކިވަކިން ބެލުމަށެވެ.